މިއީ އޭއައި އެޑޮޕްޓްކުރުން ހަލުވިކަމާ އެކު އިތުރުވަމުންދާ ދަނޑިވަޅެއްގައި އެ ކުންފުނީގެ އަހަރީ ޓާގެޓް ހާސިލްކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެކެވެ.
މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑިސެމްބަރު 2024ގައި އަހަރަކު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަކީ ގާތްގަނޑަކަށް 5.5 ބިލިއަން ޑޮލަރެވެ. އެ ކުންފުނީގެ އާމްދަނީ އެ ވަރަށް އަރާފައިވާއިރު، ޗެޓްޖީޕީޓީ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްތައް ބަލައިގަތުމާއި ބޭނުންކުރުން އިތުރުވަމުން އައިސް، އެ މޮޑެލްތަކުގެ ބޭނުންތެރިކަން އިތުރުވަމުންދާކަން ފާހަގަކުރެވެ އެވެ.
އެ ތަފާސްހިސާބުން އެނގެނީ އޯޕަންއޭއައި މި އަހަރުގެ ނިޔަލަށް 12.7 ބިލިއަން ޑޮލަރުގެ އާމްދަނީގެ އަމާޒަށް ވާސިލުވެވޭނެ ކަމަށާއި އެއީ ކުރިން އިންވެސްޓަރުންނަށް އަންގާފައިވާ ޓާގެޓެއް ކަމަށެވެ.
ޖުމްލަ 10 ބިލިއަން ޑޮލަރުގެ މި އަދަދުގައި މައިކްރޮސޮފްޓުން ދޭ ލައިސަންސް އާމްދަނީ ހިމަނާފައެއް ނުވެ އެވެ. އޯޕަންއޭއައިގެ ތަރުޖަމާނު ވިދާޅުވީ އެއީ އެއްބަސްވުންތަކަކުން އެއް ފަހަރު ލިބުނު އާމްދަނީ ކަމަށެވެ.
ހިސާބުކޮށްފައި ވަނީ މިދިޔަ އަހަރު ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރު ގެއްލުނު ކަމަށް ބަލައިގެންނެވެ. އޯޕަންއޭއައިގެ އާމްދަނީގެ އުސްއަލިތަކުން ދައްކުވައިދެނީ ވާދަވެރިންނާ އަޅާބަލާއިރު އެ ކުންފުނީގެ އާމްދަނީ ބޮޑުތަނުން ކުރީގައި އުޅޭ ކަމެވެ.
ވާދަވެރި އެންތުރޮޕިކްގެ މޮޑެލްތައް ބޭނުންކުރާ ކޯޑް ޖެނެރޭޝަން ސްޓާޓްއަޕްތަކުގެ ޑިމާންޑް އިތުރުވުމުގެ ސަބަބުން އެންތްރޮޕިކުން ވަނީ އަހަރީ އާމްދަނީގެ ގޮތުގައި 3 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފަ އެވެ.
އޯޕަން އޭއައިން މިދިޔަ މާޗު މަހު އަންދާޒާ ކުރި ގޮތުގައި، އެ ކުންފުނިން އަމާޒު ހިފަނީ 40 ބިލިއަން ޑޮލަރާ ހަމައަށް އާމްދަނީ ހޯދުމަށެވެ.
މިދިޔަ މާޗު މަސް ނިމުނުއިރު އޯޕަންއޭއައިގައި ހަފުތާއަކު 500 މިލިއަން އެކްޓިވް ކަސްޓަމަރުން ތިއްބެވެ.

