ޓީމްސްގެ ޗެޓް ފޯރަމްތަކާއި ޗެނަލްތަކަށް ހެކަރުން ވަދެގަނެ ކުންފުނިތަކުގެ ޑާޓާބޭސްތައް އޮޅުވާލަލުން ގެންދާ ކަމަށް ސެކިޔުރިޓީ ފާމްތަކުން ބުނެ އެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ހެކަރުންގެ ފަރާތުން މިފަދަ އަމަލުތައް ވަރަށް ގިަނއިން ފެންނަ ކަމަށް ވެސް ސެކިޔުތީ މާހިރުން ބުނެ އެވެ.
އޮންލައިން މީޓިންތަކުގައި ބައިވެރިންގެ ޑިވައިސަތަަކަށް ނުބައި ފައިލްތައް ފޮނުވައި އޮޅުވާލައި ހެކަރުން އެދޭ ބޭނުންތައް ފުއްދަމުން ގެންދާ ކަމަށް ވެސް ސެކިޔުރިޓީ ފާމްތަކުން ބުނެ އެވެ.
ސެކިޔުރިޓީ ފާމްތަކުން ބުނާ ގޮތުން ޓީމްސްގައި މައިކްރޮސޮފްޓުން ގާއިމުކޮށްފައި ހުރި ފަސޭހަތަކުގެ ތެރެއިން ހެކަރުން ދެމިގަންނަކަން އޮންލައިމް މީޓިންތަކުގެ ބައިވެރިންނަކަށް ނޭނގެ އެވެ. އަދި މިއީ ޓީމްގައި ހުރި ބަލިކަށި ކަމެއްކަން މައިކްރޮސޮފްޓަކަށް ވެސް ނޭނގެ އެވެ.
ސެކިޔުރިޓީ ފާމްތަކުން މައިކްރޮސޮފްޓަށް މިވާހަކަތައް ހުށަހަޅައި ސާބިތުކޮށް ދިނުމުން ހޭވަރިވެ ބާގަނޑުތައް ބައްދަމުން ގެއްނާ ކަމަށް ވެއެވެ.
ކުންފުނިތަކުން ޓީމްސް ބޭނުންކުރަނީ މައިކްރޮސޮފްޓަށް އޮންނަ އިތުބާރަކުން ކަމަށް ސެކިޔުރިޓީ ފާމްތަކުން ބުނެ އެވެ. އެހެންކަމުން ހުރި ނަމަ ހުރި ބަލިކަށިމެއް ވަރުގަދަކޮށް އިތުބާރު ދެމެހެއްޓުމަކީ ވައިކްރޮސޮފްޓްގެ ކިބާގައި އޮތް ކަމެއް ކަމަށް ވެސް ބުނެ އެވެ.

