ވަންޕްލަސް ސްމާޓްފޯން ތަކަށް އޮކްސިޖަން އޯއެސް 13 ތައްޔާރު ކުރަނީ

OnePlus 4 years ago
ވަންޕްލަސް ސްމާޓްފޯންތަކަށް އޮކްސިޖަން އޯއެސް 13 އަންނަނީ
އަޙްމަދު ނިޔާޒް - 2022-02-15 23:16:40
ވަންޕްލަސް ސްމާޓްފޯނު ތަކަށާއި އޮޕޯ ފޯނުތަކަށް އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގެ ވަކި މޮޑިއުލެއް ތައްޔާރު ކުރަން ޝައުގުވެރިވާ ކަމަށް ވަންޕްލަސްއިން އޮތީ ބުނެފަ އެވެ.

ވަންޕްލަސް މިހާރު ބުނަނީ ފުތަތަމަ އިސްކަން ދިނުން އޮތީ އޮކްސިޖަން އޯއެސް 13 އާންމު ކުރުމަށް ކަމަށެވެ. 

ވަންޕްލަސް ބުނި ގޮތުން އެކުންފުނީގެ ސްމާޓްފޯންތަކުގައި ބޭނުންކުރާ އޮކްސިޖަން އޯއެސް ތާޒާކުރުމަށް ފަހު ނޫނީ އެހެން މަސައްކަތެއް ކުރަން ސަޕޯޓަރުން ތާއީދެއް ނުކުރެ އެވެ. 

މެނޭޖްމަންޓުން ބުނީ އޮޕޯއާ ގުޅިގެން އުފައްދާ އޯއެސް ތައާފުރުކުރަން އަދި ވަގުތު ނަގާނެ ކަމަށާއި ވަންޕްލަސްގެ ވިޔަފާރި ދެމެހެއްޓުމަށް ޑިވެލޮޕަރުން ޝާމިލްވާން ޖެހޭ ކަމަށެވެ. 

ވަންޕްލަސް ކުރިން ވިސްނާފައި އޮތީ އޮޕޯ ސްމާޓްފޯނުތަކުގައި ބޭނުންކުރާ "ކަލާއޯއެސް" ވަންޕްލަސް ފޯނުތަކުގައި ބޭނުންކުރެވޭ ގޮތަށް ބަދަލުކުރާށެވެ. 

އެގޮތުން ދެކުންފުނީގެ ފޯނުތަކުގައި އޯއެސް އެއްގޮތް ކުރަން ދެކުންފުނީގެ މެނޭޖްމަންޓުން އޮތީ ނިންމާފަ އެވެ. 

އެހެން ނަމަވެސް، ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުން ވަންޕްލަސްގެ ސަޕޯޓަރުންނަށް އެގޮތް ކަމަކު ނުދެ އެވެ. އެހެންވެ ވަންޕްލަސް ބޭނުންވަނީ ދެކުންފުނީގެ ފޯނުގައި އޯއެސް އެއްގޮތްކުރުން ދިގުދަންމާލުަމަށެވެ.