ސްމާޓްފޯން ކުންފުނިތަކުން މިއަހަރު ފަތްޖެހި ފޯނުގެ އާ މޮޑެލްތައް ނެރޭނެ ކަމަށް ބުނެވެ އެވެ. އެހެންކަމުން ގޫގުލުން ފަތްޖެހި ޕިކްސެލްއެއް ތައާރުފުކުރި ނަމަވެސް ވެގެންދާނީ ވަރަށް ވާދަވެރި ވިޔަފާރިއަކަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕިކްސެލް ފޯލްޑް އަދިވެސް އުޅޭނީ ޑިޒައިން މަރުހަލާގަ އެވެ. ފޯނު އުފައްދަން ފަށާނެ ކަމަށް ބެލެވެނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ކަމަށް ވެސް ބުނެވެ އެވެ.
ޕިކްސެލް ފޯނުތަކަށް ސަޕޯޓްކުރާ މީހުން ބުނާ ގޮތުން ޕިކްސެލް ފޯލްޑް އާއި ފިކްސެލް މަރުކާގެ އެހެން ފޯނުތައް ދަރަޖަ ކުރެވޭނީ ދެގިންތިއަކަށެވެ.
ޕިކްސެލް ސްމާޓްފޯންތައް ވަކި ތާރީޚެއްގައި އަދި ޕިކްސެލް ފޯލް މަރުކާގެ ފޯނުތައް އެހެން ތާރީޚެއްގައި މާކެޓްކުރުން ފައިދާ ބޮޑުވާނެ ކަމަށް ވެސް ބުނެވެ އެވެ.
ގޫގުލުން ފަތްޖެހި ފޯނެއް މީގެ ކުރިން ވެސް ޑިޒައިންކުރި ކަމަށް ޓްވިޓާ ކޮމިއުނިޓީގައި ބުނެފައިވެ އެވެ. ޓްވީޓްތައް ބުނާ ގޮތުން ފަތްޖެހި ފޯނެއް ޑިޒައިންކުރަން ގޫގުލުން ކުރި މަސައްކަތް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.
އެހެން ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުން ގޫގުލުން ކެންސަލްކުރީ ތަންކޮޅެއް ކުރީގެ ޑިޒައިނެކެވެ. މިއަހަރު ނެރޭނެ ކަމަށް ބުނާ ޕިކްސެލް ފޯލްޑް އޮތީ ކުރިއަށެވެ.

