ސެމްސަންގްގެ އާ ފޯނުތަކާއި ޓެބްތައް: މިހާރު އޯޑަރުކުރެވޭނެ

ދިވެހި ރާއްޖެ
Samsung 4 years ago
ސެމްސަންގުން އަލަށް ނެރުނު ޑިވައިސްތައް
އިސްމާއިލް ހަސަން - 2022-02-17 10:54:20
ސެމްސަންގްގެ އެސް ސީރީޒްގެ އެންމެ ފަހުގެ ފްލެގްޝިޕް ޓެބްލެޓް ތަކާއި ސްމާޓްފޯނުތައް ދައްކާލައިފި އެވެ. އެ ކުންފުނީގެ ޑިވައިސްތައް ދައްކައިލުމަށް ބާއްވާ "އަންޕެކްޑް" އިވެންޓުގައި ވަނީ ގެލެކްސީ އެސް ސީރީޒްގެ ހަ ޑިވައިސް އެއް ދައްކާލައިފަ އެވެ. އެ ޑިވައިސްތަކުގެ ތެރޭގައި ހިމެނެނީ އެސް 22 ސީރީޒްގެ ތިން ފޯނާއި އެސް އެސް 8 ސީރީޒްގެ ތިން ޓެބްލެޓް އެވެ.

މި ހުރިހާ ޑިވައިސްތަކަކީ ވެސް ސެމްސަންގުން މުޅި އަހަރުތެރޭގައި ނެރޭ އެންމެ ޕްރީމިއަމް ޑިވައިސްތަކެވެ. މި އަހަރުގެ ސްމާޓްފޯނާއި ޓެބް ސީރީޒަށް ވަނީ ތަފާތު ބަދަލެއް ގެނެސްފަ އެވެ. އެއީ އެ ޑިވައިސްގެ ވެސް އަލްޓްރާ ލައިންއަޕެވެ. 

އަލްޓްރާ ތަފާތު ކޮށްލައިފި

your imageސެމްސަންގްގެ އެސް ސީރީޒްގެ ފްލެގްޝިޕް ޓެބްލެޓް ތަކާއި ސްމާޓްފޯނުތައް 

މިފަހަރުގެ ސެމްސަންގް އެސް 22 ސްމާޓްފޯނުގައި ވަނީ އަލްޓްރާ ޑިވައިސް ތަފާތުކޮށްލައިފަ އެވެ. މިދިޔަ އަހަރު އެސް ސީރީޒްގެ ސްމާޓްފޯނަށް އަލްޓްރާ ޑިވައިސްއެއް ތައާރަފުކުރި އިރު މިއަހަރުގެ އަލްޓްރާ ޑިވައިސްއާ އެކު ވަނީ ނޯޓް ސީރީޒްގެ ފޯނުތަކާ އެއްކޮށްލައިފަ އެވެ. އެސް 22 އަލްޓްރާ ޑިވައިސްގައި މިފަހަރު އެސް ޕެން ވަނީ ހިމަނައިފަ އެވެ. 

އެސް 22 އަލްޓްރާގެ އިތުރުން ދެން އާންމުކޮށްފައިވަނީ އެސް 22 އާއި އެސް 22 ޕްލަސް އެވެ. މި ފޯނުތައް ގަތުމަށް މިހާރު ވަނީ ޕްރީ އޯޑަރަށް ހުޅުވާލާފަ އެވެ. މި މަހުގެ 28 ގައި ޑިވައިސްތައް ވިއްކަން ފަށާނެ އެވެ.

އެސް 22 ވިއްކަން ފަށާ އަގަކީ 799 ޑޮލަރެވެ. އެސް 22 ޕްލަސް 899 ޑޮލަރަށް ވިއްކާއިރު އަލްޓްރާގެ ފެށޭ އަގަކީ 1،199 ޑޮލަރެވެ.