ފުރަތަމަ ފަހަރަށް އެންޑްރޮއިޑް 12 އޮޕަރޭޓިން ސިސްޓަމް (އޯއެސް) އާ އެކު ނެރޭ ޕިކްސެލް 6 ސީރީޒްގައި ހިމެނީ ދެ މޮޑެލްއެކެވެ. އެއީ ޕިކްސެލް 6 އާއި ޕިކްސެލް 6 ޕްރޯ އެވެ. ދެ މޮޑެލްގެ ތެރެއިން ޕިކްސެލް 6 އަކީ 6.4 އިންޗީގެ އޯލެޑް ޑިސްޕްލޭއަކާއި އަށް ގިގަބައިޓްގެ މެމޮރީ އާއި 128/256 ޖީބީ ސްޓޯރޭޖްގެ ފޯނެކެވެ. ޕިކްސެލް 6 ޕްރޯ އަކީ 6.7 އިންޗީގެ އޯލެޑް ޑިސްޕްލޭއަކާއި 12 ގިގަބައިޓްގެ މެމޮރީ އާއި 128/256 ޖީބީގެ ސްޓޯރޭޖްގެ ފޯނެކެވެ.
ގޫގުލް އިން ބުނެފައިވާ ގޮތުގައި މި ދެ މޮޑެލްގެ ކެމެރާ އަކީ ވެސް މިހާތަނަށް ސްމާޓް ފޯނަކުން ގެނެސްދޭނެ އެންމެ ވަރުގަދަ އަދި އެންމެ ތަފާތު ކެމެރާއަށް ވާނެ އެވެ.

